ޝަމްހީދު "ސީއެންއެމް" އަށް ވިދާޅުވީ ގޮތުގައި ގައުމު މިއަދު ވަނީ ވަރަށް ހާއްސަ ހާލަތެއްގައި ކަމަށާއި އިގުތިސޯދީ ގޮތުން ބަނގުރޫޓުވުމާއި ކައިރީގައި ކަމުގަ އެވެ.
ޝަމްހީދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ސިޔާސީ ދާއިރާއިން އާ މޫނުތަކަށް ޖާގަ ދީ، ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމުގައި އެވެ.
އާ ވިސްނުންތަކާ އެކު ވެރިކަންކުރަން ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.
ރާއްޖެއަކީ އިގުތިސޯދު، އެހެން ގައުމުތަކާއި އަޅާބަލާއިރު ތަފާތުކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެވޭނީ އެކަންކަން އެނގިގެން ކަމަށެވެ. އަދި ފެއިލްވެގެންދަނީ އެކަންކަން ނޭނގޭތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ޑިމޮކްރަސީއަށް 18 އަހަރުވިއިރު 500 ބިލިއަން ރުފިޔާ ހޭދަކޮށް 160 ބިލިއަން ރުފިޔާއިން ގައުމު ދަރަނިކޮށްފައިވާ ކަމަށާއި މި ހުރިހާ ހޭދައެއް ކުރި ނަމަވެސް ރައްޔިތުންގެ އުންމީދުތައް ހާސިލުނުވި ކަމަށެވެ.
އެ ގޮތުން ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހިކަމަށް ހައްލު ލިބި ބޭސް ފަރުވާ އާއި އަސާސީ ހިދުމަތްތައް ކަމަށާއި މި ހުރިހާ ފައިސާއެއް ހޭދަވިއިރު ރައްޔިތުންގެ މި އުންމީދުތައް ހާސިލު ނުވި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވަނީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދީ އާންމު ރައްޔިތު މީހާއަށް ވެރިކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;