މިކަން ހާމަކުރެއްވީ މިހާރު ރަސްމީ ދަތުރުފުެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެވެ.
ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓްގައި ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ކުރާ ދިރާސާތަކުގައި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުއިއްޒު އެދިވަޑައިގެން އެކަމަށް ހުށައަޅުއްވާފައިވާކަމަށެވެ.
އެހެންކަމުން އެކަމާއި ގުޅޭގޮތުން ޕެޓްރޯނަސް ކުންފުންޏާ އެކު މަޝްވަރާކުރައްވާނެ ކަމަށް ބޮދުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވި އެވެ. އަދި މިހާރުވެސް އ ކުންފުނިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެ ކައިރިވުމުން އެކަމަށް ދައްޗެއް ނުވާނެކަމަށްވެސް ބޮޑުވަޒީރު ވިދަޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭހާއި މައުދަން ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާ އެކަން އިއުލާންކުރީ މިދިޔަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;