ads
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ
އެމްއެމްއޭއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް މެލޭޝިޔާއިން ހަމަޖައްސައިދެނީ
ރާއްޖޭން އެދިފައިވާ ގޮތަށް މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށާއި ރާއްޖެއިން އެދުނު އެހެން ގިނަ އެހެން ކަންތައްތަކަށް މެލޭޝިއާ ސަރުކާރުން އިޖާބާދޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު މި ފެސިލިޓީގެ މައުލޫމާތު މިއަދު ރަސްމީކޮށް ހާމަކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވެވި ގުޅިފައިވާ ބަޔާނުގަ އެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުއިއްޒު ރަސްމީކޮށް ސިޓީފުޅަކުން އެދިވަޑައިގެންނެވި ކަމަށެވެ. ދިވެހި ސަރުކާރުގެ ހުށަހެޅުމަށް އިޖާބަދިނުމުގެ ގޮތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ މަރުކަޒީ ބޭންކުން މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ ދިވެހި ދައުލަތަށް ބޭނުންވާ މިފައިސާ ހަމަޖައްސައިދިނުމަށްޓަކައި ކަމާ ގުޅޭ އިދާރީ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ދެ ގައުމުގެ މަރުކަޒީ ބޭންކުން ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ. މާލީ ބޮޑު އެހީއެއް ރާއްޖެއަށް ހަމަޖައްސައިދިނުމަށް ނިންމީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޒަމާންވީ އެކުވެރިކަމަށް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ދެ ގައުމުގެ ސަރުކާރުންވެސް ދެކޭ ގޮތުގައި މެލޭޝިޔާގެ މާލީ އެހީތެރިކަން ވެގެންދާނީ ރާއްޖޭގެ މާލީ ހަމަޖެހުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ލިބިގެންދާ ބޮޑު އެހީތެރިކަމަކަށެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އަދި ދެގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްގީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;