ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.52 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ 3.6 ޕަސެންޓް ދަށް އަދަދެކެވެ.
މިހާރު ރާއްޖެ އަށް އެންމެ ޓޫރިސްޓުން އަންނަ ޗައިނާ އަހަރުގެ މިހާތަނަށް 278،605 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 217،889 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 114،735 ޓޫރިސްޓުން އައިސްފައިވެ އެވެ.
ގަދަ ފަހެއްގައި ދެން ހިމެނެނީ އިޓަލީ (95،164 ޓޫރިސްޓުން) އަދި ޖަރުމަން (92،284 ޓޫރިސްޓުން) އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހުގެ ތެރޭގައި 254،556 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހު އައިސް ޓޫރިސްޓުންނަށް ބަލާ އިރު މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި މިވަގުތު ޖުމްލަ 67,756 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓު އަދި މެރީނާގެ ގޮތުގައި 179 ތަނެއްގައި 45,141 އެނދާއި 907 ގެސްޓްހައުސްއެއްގައި ހުރި 16,480 އެނދު އަދި 172 ސަފާރީ އުޅަނދުގައި ހުރި 3,481 އެނދުގެ އިތުރުން 16 ހޮޓަލެއްގައި ހުި 2,654 އެނދެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;