ads
ޖިއްދާ އެއާޕޯޓް
މައްކާ، ތާއިފް އަދި ޖިއްދާއަށް ހަމަލާދީފާނެތީ ރައްކާތެރިވާން ސައުދީން އިންޒާރު ނެރެފި
ގިނަ އަދަދެއްގެ މީހުން އުމްރާގެ އަޅުކަމަށް ދަތުރުކުރާ ޖިއްދާ، މައްކާ އަދި ތާއިފަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސައުދީން އަންގައިފި އެވެ.
Advertisement

ސައުދީން  ޖިއްދާ، މައްކާ އަދި ތާއިފުގެ ރައްޔިތުން ރައްކާތެރިވާން މި އިންޒާރު ނެރެފައި މިވަނީ ހޫތީން ސައޫދީއަށް ދޭ ހަމަލާތައް އިރުކޮށްފައިވާ ދަނޑިވަޅެއް ގައެވެ. ހޫތީން ރޭވެސް ވަނީ ސައުދީއަށް ވަރުގަފަ ހަމަލާތަކެއްދީ ބައެއް ތެޔޮ ވަޅުތަކަށް ގެއްލުން ދީފަ އެވެ. 

އުމްރާގެ އަޅުމަށް ދާ މީހުން އާއްމުކޮށް ގޮސް އުޅޭ ޖިއްދާއާއި މައްކާގެ އިތުރުން ތާއިފަށް މި އިންޒާރު ސައުދީ ސަރުކާރުން ނެރެފއިވަނީ އެ ގައުމުގެ ސިވިލް ޑިފެންސުން މި އިންޒާރުތައް ނެރެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ނޭޝަނަލް އާލީ ވޯނިންގް ޕްލެޓްފޯމް މެދުވެރިކޮށެވެ. 

މި އިންޒާރުގައި ޑިފެންސުން ކިޔާދީފައިވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކެވެ. އެގޮތުން އެންމެން އެމީހަކާއި އެންމެ ކައިރީގައިވާ ރައްކާތެރި ތަނަލަށް ވަނުމަށް ވަނީ އަންގާފަ އެވެ. އެގޮތުން ިއމާރާތްތަކުގެ ތެރެއަށް ވަނުމަށާއި ވަންނަ އިމާރާތުތަކުގައިވެސް ކުޑަ ދޮރުތަކާއި އެންމެ ދުރުގައިވާ އެންމެ އެތެރެ ކޮޓަރިތަކަށް ވަނުމަށް ވަނީ އެދި ފައެވެ. 

އަދި ބެލްކަނީތަކާއި ފުރާޅުތަކާއި ހާމަ ތަންތަނަށް ނުނިކުތުމަށްވެސް ސައުދީ ސިވިލް ޑިފެންސުން ނެރުނު އިންޒާރުގައި ވެއެވެ. އަދި މަގުތަކުގައި އުޅޭ މީހުންވެސް އެންމެ ކައިރީގައިވާ އިމާރާތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށްވެސް ވަނީ އެދި ފައެވެ. 

މީގެއިތުރުން މިއިންޒާރު ލިބޭއިރު ވެހިކަލްތަކުގައި ތިބި މީހުން، ފާލަންތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކޮށްގެން ތިބުމަށްވެސް ވަނީ އަންގާފަ އެވެ. އަދި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ދޭ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ އެދިފަ އެވެ. 

ސައުދީ މި އިންޒާރު ނެރެފައި މިވަނީ ގިނަ އަދަދެއްގެ މީހުން އުމްރާއަށްވެސް ގޮސްފައިވާ ދުވަސްވަރެއްގަ އެވެ. އެގޮތުން ރާއްޖެއިން ވެސް މިދުވަސްވަރު ވަނީ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ގޮހެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;