ads
ސައުދީ ފަންޑުގެ ވެރިޔާ، ރައީސްއާ ބައްދަލުކުރައްވުން - ފޮޓޯ: ރައީސް އޮފީސް
ސައުދީ ފަންޑްގެ ސީއީއޯ ރައީސްގެ އަރިހަށް
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
Advertisement

މުލިއާގޭގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އެ ފަންޑާއި ސައުދީ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސުލްތާން ބިން އަބްދުއްރަޙްމާން ވަނީ އެ ފަންޑާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްފަ އެވެ.

ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ސުލްތާން ބިން އަބްދުއްރަހްމާން މީގެ ކުރިންވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ. އެ ގޮތުން ސުލްތާން ބިން އަބްދުއްރަހްމާނަށް މިދިޔަ އަހަރު ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;