ads
ޕީއެންސީ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ނަޝީދު!
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި މަތީ މަޖިލިހުގެ ޖަލްސާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު(އައްނި) މިރޭ ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

މިރޭ ކުރިއަށްދިޔަ މި ކޮންގްރެސްގެ ރަސްމީ ޖަލްސާއަށް ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވައިފަ އެވެ. މިއީ އާއްމުކޮށް ވެސް ކުރާ ކަމެކެވެ. އެގޮތުން މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އަދާލަތު ޕާޓީގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނަމަވެސް މިއީ ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު މިފަދަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޖަލްސާއަށް ނަޝީދަށް މަރުހަބާ ދަންނަވައި، ސަލާމް ކުރައްވައިފަ އެވެ.

"ބައެއް ސަބަބުތަކާހުރެ އެހެން ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވަޑައިނުގެންނެވުނު. އަޅުގަނޑު ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ނަންފުޅުގައި ޕާޓީގެ ލީޑާޝީޕްގެ ނަމުގައި އަދި ޕާޓީގެ ހުރިހާ ލޮބުވެތި މެންބަރުންގެ ނަމުގައި، އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވާ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ސިޔާސީ މަސައްކަތުގައި ކުރައްވާ ޕާޓީތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވާ ތިން ޕާޓީގެ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ނަޝީދު ވަނީ، އެމަނިކުފާނުގެ ވެރިކަމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފަ އެވެ.

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރާއިރު އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;