ads
ބަޖިޔާ ގާތަކުގެ ތެެރޭގައި އޮތް މީހާ ނެގުމުގެ މަސައްކަތް ސިފައިން ކުރަނީ
ބަޖިޔާ ގާތަކުން މީހާ ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި
މާލޭގެ ބޭރު ތޮށި ވަށައިގެނެ ޖަހާފައި ހުންނަ ތިންކަން ގާ (ބަޖިޔާ ގާތަކުގެ) ތެރޭގައި ތާށިވި މިހާގެ ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
Advertisement

އެމީހާ އެ ތަނުގައި އޮތްކަން އެނގުނީ އެތާ އޮވެ އެނާ އެހީއަށް އެދި ގޮވަން ފެށުމުންކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ވަނީ ބުނެފަ އެވެ.

އެމީހާ ވެއްޓިފައިވަނީ އެ ގާތަކުގައި ހުރި ހުސް ދިމާލަކުން ވަރަށް އެތެރެއަށް ކަމަށެވެ. އެމީހާ ގާތަކުގެ އެތެރޭގައި އޮވޭ ނަގައިދޭން ގޮވާ އަޑު ބޭރަށް އިވޭކަމަށްވެސް އެ ސަރަހައްދުގައި ހުރި ސީއެންއެމްގެ ރިޕޯޓަރު ބުންޏެވެ. 

އެމީހާ ނެގުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އެމީހާ ނެގުނީ ގާތްގަޑަކަށް ބައިގަޑިއިރެއްހާއިރު ފަހުން ކަމަށް ވެއެވެ. އަދި އެމީހާ ނެގީ ގާ ހަލާކޮށްލައިގެންކަމަށްވެސް އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނެ އެވެ. 

ގާތަކުގެ ތެރޭގައި އިތީ ދިވެއްސެއްކަން ވަނީ އެނގިފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް