ސައިބަރ ސެކިއުރިޓީ މާހިރުން ހާމަކުރައްވާ ގޮތުގައި، ކުށްވެރިން ދަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ބޯޓު ޓިކެޓާއި ބޯޑިންގ ޕާސްގެ ފޮޓޯތަކުގައިވާ ބާކޯޑުތަކާއި ބުކިންގ ކޯޑުތައް ބޭނުންކުރަމުންނެވެ. އަދި މި ކޯޑުތައް ބޭނުންކޮށްގެން ދަތުރުވެރިންގެ ފްލައިޓް އިޓިނަރަރީތަކާއި ހޮޓާ ބުކިންގތަކަށް ނުފޫޒުފޯރުވައި، އެ ބުކިންގތައް އަތުލަމުންދާކަމަށް މާހިރުން ބުނެއެވެ.
މިފަދަ މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ސަބަބުން ކުށްވެރިންނަށް ދަތުރުގެ މަޢުލޫމާތުތަކަށް އަރައިގަނެ، ފްލައިޓް އިޓިނަރަރީއާއި ހޮޓާ ބުކިންގތައް އަތުލައި ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
އެހެންކަމުން، ސައިބަރ ސެކިއުރިޓީ މާހިރުން ވަނީ ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ބޯޓު ޓިކެޓާއި ބޯޑިން ޕާސްތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ނުލުމަށާއި، މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.