އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނައިބު ރައީސް ކުރައްވާ މި ދަތުރުފުޅުގައި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ދޭދޭ ގައުމުތަކުގެ އިސްވެރިންނާ އެކުގަ އާއި ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބުންޏެވެ.
ނައިބު ރައީސް މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.