ads
އިބްރާހީމް މުޙައްމަދު ސާލިހާ އާއި ފައިސަލް ނަސީމް
އިބޫ އިންތިހާބުގައި ވާދަނުކޮށް ފައިސަލަށް ތާއީދުކުރަން ނިންމައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވާދަނުކުރައްވާ ފައިސަލް ނަސީނަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
Advertisement

ރިޔާސީ ރޭހުގައި އިބޫ ނުކުންނަވަން އެމަނިކުފާނުގެ ގާތް ބޭފުޅުންނާއި މީގެ ކުރިން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެހެންނަމަވެސް މިހާތަނަކަށް ރަސްމީކޮށް އެކަން އެމަނިކުފާނު އިއުލާން ކުރައްވާފަ އެއް ނުވެއެވެ. 

ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގު ހުރިކަން ފައިސަލް ނަސީމް ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެގޮތުން އެކަމާއި ގުޅެގޮތުން އިބޫއާ އެކު މިދިޔަ އާދިއްތަ ދުވަހު ފައިސަލް ވަނީ މަޝްވަރާވެސް ކުރައްވާފަ އެވެ.

އިބޫގެ ގާތް ބޭފުޅަކު ވިދާޅުވީ ރިޔާސީ ޕްރައިމެރީއަށް އިބޫ ނުނިންކުންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ފައިސަލް ނަސީމަށް ތާއިދުކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މުހިއްމީ 2028 އެމްޑީޕީއަށް ލިބުންކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެ ފޯމިއުލާގައިކަމަށްވެސް އެދުވަހު ފައިސަލް ނަސީމް ވިދާޅުވި އެވެ. ރައީސް ސާލިހް ނިންމަވާ ނިމްމެވުމަކީ ވަރަށް މުހިއްމު ނިންމެވުމެއް ކަމަށާއި އެ މަނިކުފާނުގެ ނިންމެވުން ވާނީ މުޅި ގައުމާ ރައްޔިތުންގެ މަސްލަހަތު ހިފަހައްޓާނެ ނިންމެވުމެއް ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް