ފިލްމުގެ ޓްރެއިލާ އާއި ބައެއް ލަވަތައް ރޭ ދައްކައިލީ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ އިވެންޓަކާ އެކީގަ އެވެ. އެ އިވެންޓްގައި "މަޖުނޫނު" ގެ ޓީމާއި ފިލްމީ ދާއިރާގެ އެކި ފަންނާނުން ބައިވެރިވި އެވެ.
ލޯބީގެ ވަރަށް ތަފާތު ވާހަކައެެއް ކިޔައިދޭނެ "މަޖުނޫނު" އޮލިމްޕަގުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ގަ އެވެ.
މިއީ ނަހުލާ، ލިޔެ، ޑައިރެޓްކޮށް އޭނަގެ އާއިލީ ފިލްމު ކުންފުނި، ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމެކެވެ.
ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރުކުރާ އެއް ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ 'މަޖުނޫނު' ގެ ލީޑް ކާސްޓުންނަކީ އަހުމަދު ޝާރިފާއި މަރިޔަމް ޝިފާ އެވެ.
މި ފިލްމު ލީޑް ކާސްޓުންގެ ގޮތުގައި އަދި އިއުލާނުކޮށްފައިވަނީ ނަހުލާ އެންމެ ފަހުން ނެރުން ފިލްމު "ސޮރީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލާލި އާއި އެވްލީ ގެ އިތުރުން ލީޑް އެކްޓްރެސް އެއްގެ ގޮތުގައި ފެނިގެންދާ ޝިފާ އަދި ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ޝާރިފްގެ ނަމެވެ.