ads
ގޭގައި އިނދެގެން ކުރާ މަސައްކަތުގެ ނަމުގައި ހިންގި ބޮޑު ސްކޭމެއް ފަޅާއަރައިފި
ސަމާލުވޭ: ގޭގައި އިނދެގެން ކުރާ މަސައްކަތުގެ ނަމުގައި ހިންގި ބޮޑު ސްކޭމެއް ފަޅާއަރައިފި
ގޭގައި އިނދެގެން އާމްދަނީ ހޯދޭނެ މަސައްކަތްތަކެއް ދޭނެ ކަމަށް ބުނެ ހިންގި ބޮޑު އޮންލައިން ސްކޭމެއްގައި އަންހެނެއްގެ އަތުން 9.3 ލައްކަ އިންޑިއަން ރުޕީސް އޮޅުވާލައިގެން އަތުލައިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރާއިން މިހާރު ވަނީ ޚާއްޞަ ތަހުގީގެއް ފަށާފަ އެވެ.
Advertisement

މި މަކަރާއި ހީލަތުގެ އަމަލު ހިންގާފައިވަނީ ވަޓްސްއެޕް އަދި ޓެލެގްރާމް މެސެޖުތައް މެދުވެރިކޮށެވެ. މަކަރުވެރިން ވަނީ އޮންލައިންކޮށް ފަސޭހައިން ކުރެވޭ ތަފާތު ޑޭޓާގެ މަސައްކަތްތަކެއް ކުރުމުން ކޮންމެ ދުވަހަކުވެސް ބޮޑު ފައިދާއެއް ނުވަތަ ރިޓާންސް ލިބޭނެ ކަމަށް ބުނެ އެ އަންހެންމީހާއަށް މެސެޖުތައް ފޮނުވާފަ އެވެ.

މި މަސައްކަތުގެ ތެރެއިން އެ މީހުން ވަނީ އޮޅުވާލައިގެން ސައްހަ ނޫން، ފޭކު އިންވެސްޓްމަންޓް އެކައުންޓްތަކެއް ހަދާފައެވެ. އަދި އެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ އިންވެސްޓްކުރުވައި، އެ އަންހެންމީހާގެ ފައިސާ ވަނީ ވަގަށް ނަގާފައެވެ. މިގޮތުން މުޅި ޖުމްލަ 9.3 ލައްކަ ރުޕީސް އެ މީހުން ވަނީ މަކަރާއި ހީލަތުން އަތުލައިގަނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ގޭގައި އިނދެގެން ކުރެވޭ މަސައްކަތްތަކުގެ ނަމުގައި އޮންލައިންކޮށް ފޮނުވާ މެސެޖުތަކަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް