އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރެއްވީ 12 އޯގަސްޓް 2024 ގައި ހއ. އިހަވަންދޫ ފިނިރޯޅިގޭގައި ހިންގި ހާދިސާއަކާ ގުޅިގެންނެވެ.
އާމިރު މަސްތުގެ ހާލަތުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރުމުން، ފުލުހުންނަށް ދެކޮޅުވެރިކަން ދައްކައި އަވަގުރާނަ ގޮވިއެވެ. އަދި ފުލުހެއްގެ ކަނދުރާމަތީގައި ޖަހައި، ފަސް ފަހަރު ކޮޅުފައިން ޖެހި އެވެ. މީގެއިތުރުން އެތަނުގައި ތިބި މީހުންނަށާއި ފުލުހުންނަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި އެވެ.
މި މައްސަލައިގައި ޢާމިރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، ޝަރީޢަތުގައި ކުށަށް އެއްބަސްވެފަ އެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާފައިވަނީ އަވަސްނިޔާގެ އުސޫލުންނެވެ.
މި ތިން މައްސަލައިގައިވެސް ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތާއެކު ވެވުނު އިޢުތިރާފުގެ އެއްބަސްވުމަށް ރިއާޔަތްކޮށެވެ.
މި ހާދިސާގައި ބަނގުރާ ބުއިމުގެ ކުށަށް 450 ރުފިޔާއިން ޖޫރިމަނާ ކުރިއިރު، ގައިގައި އަތްލުމުގެ ކުށަށް: 26,600 ރުފިޔާއިން ޖޫރިމަނާ އަދި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށަށް: 900 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.