މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފު ވިދާޅުވީ ރައީސްގެ ވައުދުގެ ދެބައިކުޅަ އެއްބައި މިހާު ހާސިލުކޮށްފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 2.3 މިލިއަން ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި އެވެ.
ފަސް މިލިއަން ގަސް ޕްރޮގްރާމަކީ ރާއްޖޭގެ ފެހިކަން އިތުރުކޮށް، ތިމާވެށީގެ ނިޒާމު ހިމާޔަތްކުރުމުގެ މަގުސަދުގައި ރައީސް މުއިއްޒު "ކޮޕް28" ގައި އިއުލާން ކުރެއްވި މުހިންމު ވައުދެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުއެވެ. ގަސް އިންދުނު އަދަދު މިހާރު ދަށް ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވަނީ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ދީފައެވެ. އެގޮތުން، ފަސް މިލިއަން ގަސް އިންދުމަށް ކަނޑައެޅި ނަމަވެސް، އެކި ފަރާތްތަކުން ޖުމްލަ 6.4 މިލިއަން ގަސް އިންދުމަށް ވަނީ ވައުދުވެފަ އެވެ.
މި ޕްރޮގްރާމުގެ އެންމެ ހާއްސަ އެއް ބަޔަކީ ރާއްޖެއިން ނެތިގެންދާކަމަށް ފާހަގަކުރެވިފައިވާ 90 ބާވަތެއްގެ ގަސް އަލުން އާލާކުރުމަށް އިސްކަން ދިނުމެވެ. ސަރުކާރުން ބުނީ އަވައްޓެރި ގައުމުތަކުން ވެސް މި ޕްރޮގްރާމަށް ގަސް ހަދިޔާކުރަމުން އަންނަ ކަމަށާއި، މި ގައުމީ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ދެކުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.