ads
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހާ ސަލާމަތް ކުރަނީ
ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލައިފި
ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި އެވެ.
Advertisement
ބްރިޖުން ކަނޑަށް ފުންމާލާފައިވަނީ ބިދޭސީއެވެ. 

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ރޭ ދަންވަރު 00:44ގައި ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިކަމަށެވެ. 

 އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސްއާ ވަނީ ހަވާލުކޮށްފައިވާކަމަށް ސިފައިން ބުނެ އެވެ. 
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް