ދިވެހި ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކުން މަޝްވަރާކުރިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ނުފޫޒުން އެއްކިބައިވެގެން އަދުލުގެ ނިޒާމު ހިންގޭނެ އޮނިގަނޑެއް ހޯދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ގާނޫނީ ފަންނުވެރިންނާއި ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
ހުށައެޅުން
ނަތީޖާ:
ބޭނުމަކީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި އެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމެވެ. އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މަދަނީ އިޖުރާއަތުގެ ގާނޫނު މުރާޖައާކުރުމާއި މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކުރުމެވެ.
އެގޮތުން، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައުން މުހިންމު އިސްލާހުތަކާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ މުހިންމު ހުށަހެޅުންތައް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އިސްނައިގެން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ ގާޒީން އަދި ބައެއް މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ބާ ކައުންސިލާއި ވަކީލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.