ads
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމާ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން
ގުރުއާން މުބާރާތުން އެއްވަނައަށް، 175،000ރ އާއި ޕީއެޗްޑީ ސްކޮލާޝިޕެއް އަދި އުމްރާދަތުރެއް
މިއަހަރުގެ ގުރުއާން މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަށް އަގުހުރި ފައިސާގެ އިނާމުތަކާއި ސްކޮލާޝިޕެެއް ދީފި އެވެ.
Advertisement

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމާ ވަނަވަނައަށް އައި ދަރިވަރުންނަށް ރޭ ވަނީ އިނާމު ދީފަ އެވެ. 

މުބާރާތުގެ އެންމެ ފަހްރުވެރި ރަންވަނަތައް ހާސިލުކުރީ އިސްމާއީލް އިޒުއާން އިބްރާހީމާއި އާޔަން އަހްމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒްއެވެ. 

your imageކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމާ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން

މި ކުދިންގެ ތެރެއިން އިސްމާއީލް އިޒުއާން އިބްރާހީމްވަނީ ހާފިޒުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލުކޮށްފައެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލްކުރީ އާއިޝަތު ޒީކް ރިޔާޒްއެވެ. އަދި އާޔަން އަހްމަދު އިނާން ވަނީ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކޮށްފައެވެ. މި ކުދިންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފަ އެވެ. 

your imageކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމާ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން

އެއްވަނަ ލިބުނު ކުދިންނަށް ދިން އިނާމްތައް

  • 1 ލައްކަ ރުފިޔާ / ރައީސް ދެއްވާ 
  • ސްކޮލާޝިޕް،  ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް / ރައީސް ދެއްވާ
  • 75،000 ރުފިޔާ / ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަޤްފު ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 
  • އުމްރާ ދަތުރެއް / ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 

your imageކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމާ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން

މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކިޔެވީ 379 ކުދިންނެވެ. އަދި ފައިނަލް ބުރުގައި ކިޔެވޭ 150 ކުދިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް