ads
ތައިރޮއިޑް ބޭހަކަށް އެފްޑީއޭއިން އެންމެ މަތީ ދަރަޖައިގެ އިންޒާރެއް ނެރެފި
ސިއްހީ ނުރައްކަލެއް: ތައިރޮއިޑް ބޭހަކަށް އެފްޑީއޭއިން އެންމެ މަތީ ދަރަޖައިގެ އިންޒާރެއް ނެރެފި
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ތައިރޮއިޑް ބޭހެއް ބޭނުންކުރުމާ ގުޅޭގޮތުން އެންމެ ނުރައްކާތެރި ދަރަޖައިގެ އިންޒާރު ނެރެފި އެވެ.
Advertisement

މި އިންޒާރު ނެރެފައިވަނީ "ވިޓްރޫވިއަސް" ބްރޭންޑްގެ ތައިރޮއިޑް ބޭހާ ގުޅިގެންނެވެ. އެފްޑީއޭއިން މި އިންޒާރު ގްރޭޑްކޮށްފައިވަނީ "ކްލާސް 1" ގެ އިންޒާރެއްގެ ގޮތުގަ އެވެ. މިއީ ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބުން ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ.

އެފްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބޭސް ބާޒާރުން ނެގުމަށް އަންގައި އިންޒާރު ނެރެންޖެހުނީ، ބޭހުގެ ގުޅަތަކުގައި ހުންނަންޖެހޭ މިންވަރަށްވުރެ ބޭހުގެ ބާރުގަދަކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. މިގޮތަށް ބޭހުގެ ބާރު ގަދަވުމުގެ ސަބަބުން، ބޭސް ބޭނުންކުރާ ފަރާތްތަކުގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތައިރޮއިޑް ހޯމޯން އެތެރެވުމުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

މި ބޭސް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި މިންވަރަކަށް ތައިރޮއިޑް ހޯމޯން އިތުރުވެ، ނުރައްކާތެރި ހައިޕަރތައިރޮއިޑިޒަމް ޖެހުމުގެ ފުރުސަތު އޮތްކަމަށް އެފްޑީއޭއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސިއްހީ ގޮތުން ދިމާވެދާނެ އެހެނިހެން ނުރައްކާތަކުގެ ތެރޭގައި ހިތުގެ ހިނގުން އާދަޔާޚިލާފަށް އަވަސްވުމާއި، ހިތާއި ލޭހޮޅިތަކާ ގުޅުންހުރި ނުރައްކާތެރި އެކި މައްސަލަތައް ކުރިމަތިވުން ހިމެނެ އެވެ.

އެފްޑީއޭއިން ވަނީ މި ބޭސް ބާޒާރުން އަނބުރާ ގެންދިއުމަށް (ރީކޯލްކުރުމަށް) އަންގައި ސިއްހީ އިންޒާރު އާންމުކޮށްފަ އެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މި ބޭސް ބޭނުންކުރާ ފަރާތްތަކުން ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށާއި، މި ބޭހުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބޭސް ބަދަލުކުރުމަށް ސަމާލުކަން ދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް