ads
ސޮނާކްޝީ ސިންހާ--
މީހުންނަށް އެހީތެރިވާން ސޮނާކްޝީގެ ކުރެހުމެއް ބިޑަށް!
ލޮކްޑައުނުގައި ބޮލީވުޑުގެ ބަތަލާ ސޮނާކްޝީ ސިންހާ އަންނަނީ ދުވަހު މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ކުރެހުމުގެ ހުނަރުގެ ބޭނުން ހިފަމުންނެވެ.

އުމުރުން 32 އަހަރުގެ ސޮނާކްޝީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯގައި ފެނިގެންދަނީ އޭނާ ކުރަހާފައިވާ ތަފާތު ކުރެހުންތަކެވެ. އެގޮތުން ހުރި ހުނަރެއް ބޭނުންކޮށްގެން އެހެން މީހަކަށް އެހީއެއް ނުވާނަމަ ތިމާގެ މޮޅު ކަމުގެ ބޭނުމެއް ނެތް ކަމަށް ސޮނާކްޝީ ބުނެ އެވެ.

ސޮނާކްޝީ ބުނީ އޭނާގެ ކުރެހުންތަކުގެ ޒަރިއްޔާއިން އޭނާގެ ހިޔާލުތަކާއި އުފާވެރިކަން ދައްކުވައިދެވޭ ކަމަށެވެ.

ސަޕޯޓަރުންގެ ކިބައިން ސޮނާކްޝީ އެދެނީ އޭނާގެ ކުރެހުމެއް ގަނެގެން އެހެން މީހުންނަށް އެހީތެރިވުމަށެވެ. ސޮނާކްޝީ ބުނީ އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުނުގެ ސަބަބުން ހިތަށް ނުގެނެވޭހާ ހިތްދަތިކޮށް ބައެއް މީހުން އުޅެމުން އަންނަ ކަމަށެވެ. އާމްދަނީ ލިބޭނެ ދޮރިތައް ބަންދުވެ އެތައް ބަޔަކު ބަނޑަށް ޖެހިފައިވާއިރު އޭނާ ބޭނުން ވަނީ މި ކުރެހުން ވިއްކައިގެން ލިބޭ ފައިސާއިން އެފަދަ އާއިލާތަކަށް އެހީތެރިވާން ކަމަށް ބުންޏެވެ.

ސޮނާކްޝީގެ ކެންވަސްތަކާއި އަތުކުރެހުންތައް ވެސް ލިބޭނެ އެވެ. އެގޮތުން ކޮންމެ ކުރެހުމެއް ވެސް ބިޑް އުސޫލުން ވިއްކާނީ އެންމެ އަގު ބޮޑުކޮށް ގަންނަން ބޭނުންވާ މީހުންނަށެވެ.

ސޮނާކްޝީ ވަނީ ގޭތެރެ ޒީނާތްތެރިކޮށްލުމަށް އޭނާގެ ކުރެހުމެއް ގަތުމަށް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް