ads
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
ބޭރުގެ ވިޔަފާރިތަކުން އިންވެސްޓްކުރުން ތާއީދު، ރަސްމާލެ މަޝްރޫއުގައި ހާމަކަމެއް ނެތް: ފައްޔާޒު
ރާއްޖޭގައި ބޭރުގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަކީ އަބަދުވެސް އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް ކަމަށާއި އެހެންނަމަވެސް ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުގައި އެއްވެސް ހާމަކަމެއްނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފައްޔާޒު މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖޭ"ގެ ހުށަހެޅުން: 

ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް

ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

ފައްޔާޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއު ފަދަ އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ ހާމަކަންބޮޑުކޮށް، ދެފަރާތުގެ ހައްގުތައް ވެސް ރައްކާ ކުރެވޭނެ އިޖުރާއަތްތަކެއްގެ ތެރެއިންކަމަށެވެ. އެގޮތުން ބޭރުގެ ވަރުގަދަ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ޓަކައި އިންވެސްޓަރުންގެ އިތުބާރު ލިބޭ ފަދަ ހަރުދަނާ މާލީ އަދި ގާނޫނީ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.

އެހެން ނަަމަވެސް ރަސްމާލޭގެ ދެބައިކުޅައެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި މީގެ އެއްވެސް ޝަރުތެއް ފުރިހަމައެއް ނުވާކަމަށް ފައްޔާޒުގެ ބަޔާނުގައި ވެއެވެ. އެގޮތުން ރަސްމާލެ އެއްބަސްވުމުގެ ކޮމާޝަލް ޓާމްސް ރައްޔިތުންގެ މަޖިލީހަށާއި މީޑިއާއަށް އަދި އާއްމުންނާ ވެސް ހާމަކޮށްފައި ނުވާކަމަަށް ފައްޔާޒު ވިދާޅުވި އެވެ. 

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގަން އީގަލް ހިލްްސްއާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭ މައުލޫމާތު ސަރުކާރުން އޮޅުވާލަމުން ގެންދާ ކަމަށް ވެސް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ. 

"ސަރުކާރުން ނެރުނު ނޫސްބަޔާގައި، ފިޔަވަހިތަކަކަށް ބަހާލައިގެން 20 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެއާ ގާތްކުރާ އަދަދެއްގެ ފައިސާ ވެސް ހަރަދު ކުރާނެ ކަމުގެ ޔަގީންކަން ވެސް އީގަލްހިލްސް އިން ދީފައެއް ނުވެ އެވެ. އީގަލް ހިލްސް އިން ނެރުނު ބަޔާނުގައި އެއްވެސް އަދަދެއް ޖަހާފައެއް ނުވެ އެވެ،" ފައްޔާޒު ވިދާޅުވި އެވެ.

މަޝްރޫއުގެ މުހިންމު ތަފްސީލުތައް:

  • ތަރައްގީކުރާ ތަން: ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައެވެ.
  • ހިމެނޭ ބައިތައް: ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް (ވެލްނެސް ސެންޓަރުތައް).
  • އިންވެސްޓްމަންޓް: އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
  • އިގްތިސާދީ ފައިދާ: މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.

އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ހާމައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް