މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ. މި ދެމީހުން ރާއްޖެ އައީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ކަސްޓަމުން ބުނީ މި ދެމީހުން ހައްޔަރުކުރީ އެމީހުންގެ އަމަލުތައް ހުރި ގޮތުން އައިޖީއެމްއެޗަށް ގެންގޮސް އެ ދެމީހުން ސްކޭންކުރުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށާއި އެ ތަކެއްޗަކީ މަސްތުބާތަކެތިކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އަދި މި ދެމީހުން ބޮޑުކަމު ދިޔުމުން ކޮންމެ މީހެއްގެ ބޮޑުކަމުދިޔަ ތަކެތީގެ 53 ބްލެޓް ފެނިފައިވާކަމަށާއި އޭގައި 650 ގްރާމްގެ މަސްތުވާތަކެތި ހުރިކަމަށް މި ދެ މީހުންގެ ކޯޓު އަމުރުގައިވެއެވެ.
ކޯޓުން ވަނީ މި ދެމީހުންގެ ބަންދަށް 30 ދުވަސް ޖަހާދީފަ އެވެ.