ads
އުރީދޫ ކަސްޓަމާ ހަފްތާގެ ހަރަކާތުގައި އެކުންފުނީގެ ސީއީއޯ ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
އުރީދޫގެ ކަސްޓަމާ ސާވިސް ވީކް: ޖަވާބު ދެއްވީ ސީދާ ސީއީއޯ!
ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ މީސް މީޑިއާގެ ފްރަންޓްލައިން މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ކަސްޓަމަރުންގެ ސުވާލުތަކަށް އަމިއްލަފުޅަށް ޖަވާބުދެއްވައިފި އެވެ.
Advertisement

އިއްޔެ ހެނދުނު 11 އިން ފެށިގެން 30 މިނިޓަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ކަސްޓަމަރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އަމަލީ ގޮތުން އިސްކޮށް ހުންނެވީ ސީއީއޯ އެވެ.

މި ސެޝަންގައި ޝާދީ ވަނީ ކުންފުނީގެ މީސް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ފޮނުވި ތަފާތު ސުވާލުތަކަށާއި، ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވައި، އުރީދޫގެ ކަސްޓަމާ ސާވިސް ޓީމުތަކުން ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް އަމިއްލަފުޅަށް ތަޖުރިބާކުރައްވާފަ އެވެ.

އުރީދޫ ލީޑަޝިޕްގެ އަމާޒަކީ މި ހަރަކާތުގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ދެނެގަނެ، ހިދުމަތް ރަނގަޅު ކުރެވިދާނެ ދާއިރާތައް ފާހަގަކޮށް އަދި މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ

"ކަސްޓަމާ ސާވިސް ވީކް"އަކީ އުރީދޫ މޯލްޑިވްސްގެ ފްރަންޓްލައިން ޓީމުތަކުގެ އަގުވަޒަންކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ. އެ ޓީމުތަކުގެ ހިތްވަރާއި އޯގާތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތަކީ ކަސްޓަމަރުންނާ އެކު ރަނގަޅު ގުޅުމެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވެސް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް