ads
އަދީބު
އެމްއެމްޕީއާރުސީ ހިޔާނާތް: އަދީބުގެ މަސްލަހަތު ކުރިން އޮތް ކުންފުންޏަކަށް ދައުވާކުރަނީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތާއި ގުޅިގެން އެ ހިޔާނާތުގައި މުގުލުގައި ހުރި ކުރީގެ ނައިބު ރައިސް އަހްމަދު އަދީބުގެ މަސްލަހަތު ކުރިން އޮތް ކުންފުންޏަކަށް ދައުވާކުރަނީ އންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
Advertisement

އޭސީސީން ބުނީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، ދައުވާކުރަން ފޮނުވީ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކަމަށާއި އެ ކުންފުނީގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގ ކުށުގެ ދައުވާކަމަށެވެ. 

މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްގަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އޭސީސީން ބުނެ އެވެ.

އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައިކަމަށް އޭސީސީން ބުނެ އެވެ. 

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުންކަމަށް އޭސީސީން ބުނެ އެވެ. އަދި އެސް.އޯ.އެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000.00 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ނިންމާފައިވާކަމަށްވެސް އޭސީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް