ads
މާލޭ އުތުރު ފަރާތުގައި ހަދާ ފިންގާ ޖެޓީގެ އަމަލީ މަސައްކަތް ފެށުން
މާލޭ އުތުރު ފަރާތުގައި ހަދަނީ ފިންގާ ޖެޓީއެއް، އެއް ލޯންޗުން އަނެއް ލޯންޗަށް އެރުން ނިމުމަކަށް
މާލޭ އުތުރު ފަރާތުގައި ހަދަނީ ފިންގާ ޖެޓީއެއްކަމަށާއި އެ ޖެޓީގެ އެަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެ ފިއެވެ.
Advertisement

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓިއާއި 15 މީޓަރު ދިގު 6 މިޓަރު ފުޅާ 3 ޖެޓީ ހަދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މި މި މަޝްރޫއުގެ އަގަކީ 15.98 މިލިއަން ރުފިޔާކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މި ޖެތިތައް ބޭނުންކުރާ އާއްމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު
ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މިގޮތުން، ބަނދަރު މަތީ ތޮއްޖެހުން ކުޑަވުމާއި ބޭރުގައި އޮންނަ ލޯންޗަކަށް އަރަން، މަގަތުގައި ހުންނަ އެއް، ލޯންޗުންް އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ބުނެ އެވެ. 

" މިއި ކުޑަކުދީންނާއި، އިސްރަށްވެހިންނާއި، ލަގެޖް. ހިފައިގެން. ދަތުރު ކުރައްވާ ފަރާތްތަކަށްވެސް، ބޮޑު ލުއިފަސޭހަޔަކަށް ވާނޭ ކަމެކެވެ." އެމްޓީސީސީން ބުނެ އެވެ.

މި ގޮތަށް ޖެޓިތައް ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ
ޖެޓިއާ ކައިރި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބޭނެކަމަށް އެމްޓީސީސީން ބުނެ އެވެ.

your imageޖެޓީ އޮންނާނެ ގޮތްކަމަށް ރައީސް މުއިއްޒު ހިއްސާކުރެއްވި ކުރެހުންތައް

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެ މަގުގެ މިހާރު ނަހާދާ އޮތް ބައި އަންނަ ނޮވެމްބަރަށް ހަދާ ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް