މި ހޯދުމަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ކަކުލުގެ ހުޅުތަކަށް ލިބޭ ގެއްލުންތަކަށް ފަރުވާކުރުމުގައި ސައިންސްގެ ދާއިރާއިން މުޅިން އަލަށް ހޯދުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
ސައިންސްވެރިން ހޯދާފައިވަނީ ވަކި ހާއްސަ ޕްރޮޓީންއެއް ބްލޮކްކޮށްދޭ ބޭހެކެވެ. މި ބޭހުގެ ސަބަބުން އުމުރުން ދުވަސްވެ، ހަލާކުވެފައިވާ ހުޅުތަކުގެ ޓިޝޫތަކުގައި ކާޓިލޭޖް އަލުން އުފެދުމަށް ބާރުއަޅައިދެއެވެ. މިއީ ކަކުލުގެ ހުޅުގެ މައްސަލަތަކަށް ސާޖަރީއަކާ ނުލައި ފަރުވާކުރުމަށް ހުޅުވިގެންދިޔަ މުހިންމު މަގެކެވެ.
މި ދިރާސާގެ ތެރެއިން ސައިންސްވެރިން ވަނީ މީދަލުގައި މި ބޭހުގެ އަޖުމަބަލާފައެވެ. އެގޮތުން މީދަލުގެ ކަކުލުން އުނިވެފައިވާ ކާޓިލޭޖް އަލުން އިއާދަކޮށްދިނުމުގައި މި ބޭސް ވަނީ ކާމިޔާބުވެފަ އެވެ. މީގެ އިތުރުން، އިންސާނުންގެ ޓިޝޫ ސާމްޕަލްތައް ބޭނުންކޮށްގެން ކުރެވުނު ތަޖުރިބާތަކުންވެސް، މަސައްކަތްކުރާ އާ ކާޓިލޭޖް އުފެދޭކަން ވަނީ ސާބިތުވެފަ އެވެ.
އާންމުކޮށް ކަކުލުގެ ހުޅުތައް ހަލާކުވުމުން ކުރަންޖެހޭ ކަކުލުގެ ހުޅު ބަދަލުކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކުގެ ބަދަލުގައި، މި ބޭހަކީ ސާޖަރީއަކާ ނުލައި ދެވިދާނެ އެކަށީގެންވާ ފަރުވާއެކެވެ. މި ހޯދުމުގެ ސަބަބުން ހުޅުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ގިނަ ބަޔަކަށް ބޮޑު އުއްމީދެއް ވަނީ ލިބިގެންގޮސްފަ އެވެ.