ހާއްސަކޮށް އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް ހެނދުނުގެ އަވީގެ މުހިންމުކަން މާހިރުން ވަނީ ފާހަގަކުރައްވާފަ އެވެ. މިއީ އަންހެނުންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސިއްހީ މާހިރުން ތަފްސީލުކޮށްދެއްވި ގޮތުގައި، ހެނދުނުގެ އަވީގެ ސަބަބުން ހަށިގަނޑުގައި ވިޓަމިން ޑީ އުފެދުމަކީ ކަށީގެ އޮއްޓަރު މަދުވުމުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
މީގެ އިތުރުން، އަންހެނުންގެ ހޯމޯންތަކުގެ ދުޅަހެޔޮކަން ނެގެހެއްޓުމަށާއި، ހަށިގަނޑުގައި އުފެދޭ ވަރުބަލިކަމާ ދެކޮޅަށް މަސައްކަތްކުރުމަށްވެސް ހެނދުނުގެ އަވީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދެ އެވެ.