ads
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އެޅުމުގެތެރެއިން - ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ވިލިމާލެގައި 1000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި
"މަސްޖިދުއްސަލާމް" މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
Advertisement

މިއަދު ހަވީރު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ މިއީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.

މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް