ads
ދުމުގެ އަސަރު ބޮޑުވެ މެލޭޝިއާގެ ސްކޫލްތައް ބަންދުކޮށްފި
ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ބޮޑުވެ މެލޭޝިއާގެ ސްކޫލްތައް ބަންދުކޮށްފި
އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެގެން އުފެދުނު ބޯ ދުމުގެ އަސަރު މެލޭޝިއާއަށް ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން، އެ ގައުމުގެ ވައިގެ ނުސާފުމިން ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ދިއުމާ ގުޅިގެން މެލޭޝިއާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި އެވެ.
Advertisement

މި ދުމުގެ އަސަރު ބޮޑަށް ކުރުމުގެ ސަބަބުން ކިޔެވުން މެދުކަނޑާލައި ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރާއި، ޕުތުރަޖާޔާގެ އިތުރުން އެ ގައުމުގެ މުހިންމު ބޮޑެތި ސަރަހައްދީ ސްޓޭޓްތަކުގައެވެ.

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދިގެން އައިސްފައިވާ މި ބޯ ދުންގަނޑުގެ ސަބަބުން މެލޭޝިއާގެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު ވަނީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ދަށްވެ، ތަގައްޔަރުވެފައެވެ. ވައިގެ ނުސާފުމިން ސިއްހަތަށް ނުރައްކާވާ މިންވަރަށް މައްޗަށް ދިއުމާ ގުޅިގެން، ދަރިވަރުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައި ސްކޫލްތައް ބަންދުކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެއް ގައުމުން އަނެއް ގައުމަށް ބޯޑަރު ހުރަސްކޮށް ފެތުރެމުންދާ މި ދުމުގެ ތަގައްޔަރުކަމުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އާސިއާން (އޭއެސްއީއޭއެން) ގެ ގައުމުތަކުން އަންނަނީ ސަރަހައްދީ ފެންވަރުގައި ކުއްލި ފިޔަވަޅުތަކެއް އެކުލަވާލައި، އިޖާބަދިނުމުގެ މަސައްކަތްތައް ގުޅިގެން ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް