އެމްއޭސީއެލުން ބުނީ ކުންފުނީގެ ބޭނުމަށް ދިގު މުއްދަތަކަށް ރޮށި ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 500 ރޮށި ސަޕުލައިކޮއްދޭން ޖެހޭނެކަމަށްވަނީ އަންދާޒާކުރެވޭކަމަށް އެމްއޭސީއެކުން ބުނެ އެވެ.
އެ ކުންފުންޏަށް ރޮށި ފިހެދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން އެކަން އެންގުމަށް އެމްއޭސީއެލުން އެދެއެވެ. އެކަމަށް އެދި ހުށައަޅާނީ އެ ކުންފުނީގެ އީމެއިލް([email protected]) މެދުވެރިކޮށްކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ރޮށީ ސަޕްލައިން ކުރަން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތަކާއި ޕްރޮފައިލް އަދި ތަޖުރިބާ ފަދަ ލިޔުންތައް ފޮނުވަންޖެހޭނެކަަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.
މިކަމަށް ފަރާތްތަކަކީ 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް'ގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށްވާންވާނެކަމަށްވެސް އެމްއޭސީއެލުން ބުނެ އެވެ.
ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެކަމަށްވެސް އެމްއޭސީއެލުން ބުނެ އެވެ.