ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ބޮލީވުޑުގެ އެކްޓަރު އަރުބާޒު ހާނު ރުޅިގަދަވެއްޖެ އެވެ.

Advertisement
ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ބޮލީވުޑުގެ އެކްޓަރު އަރުބާޒު ހާނު ރުޅިގަދަވެއްޖެ އެވެ.
އަރްބާޒު ހާން އޭނާގެ ލޯބިވެރިޔާ ޖޯޖިއަ އަންދްރިއާނީ އާ އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތައް ވަނީ މީގެ ކުރިން ފެތުރިފަ އެވެ. އެކަމާ ގުޅިގެން ދާދި ފަހުން އިވެންޓެއްގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލު ކުރުމާއެކު އަރުބާޒު ވަނީ ވަރަށް ރުޅިވެރި ގޮތަކަށް އެ ނޫސްވެރިޔާއާ ދިމާލަށް ބަލާފަ އެވެ. އަދި އޭނާ ކައިވެނި ކުރަން އުޅޭ ވާހަކަ ދެއްކީ އޭނާގެ ބޭބެ ނޫނީ ޑްރައިވަރު ނޫނީ ބޮޑުދައިތަ ނޫނީ އެންމެ ގާތް އެކުވެރިޔާ ނޫނީ ލޯބިވެރިޔާ ތޯ ވަނީ ސުވާލުކޮށްފަ އެވެ.
އޭގެ އިތުރުން އަރުބާޒު ބުނީ އޭނާ ކައިވެނި ކުރަން އުޅޭނަމަ އެންމެނަށް އެކަން އަންގާނެ ކަމަށެވެ.
އަރްބާޒު ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު މަލައިކާ އާއި އަރްބާޒް ވަކިވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައިވީ ނަމަވެސް ވަރިވުމަށް ފަހު މަލައިކާ މިހާރު ވަނީ ބޮލީވުޑުގެ ބަތަލު، އަރްޖުން ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ.
އޭގެ ފަހުން އަރުބާޒު ވަނީ ޖޯޖިއަ އާއި ލޯބީގެ ގޮތުން ގުޅިފަ އެވެ. ޖޯޖިއަ އަކީ އިޓަލީގެ މަޝްހޫރު މޮޑެލްއެއްގެ އިތުރުން ނެށުންތެރި އެކެވެ.
އޭނާ ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމެއް ގައި މަސައްކަތް ކުރުމަށް އޮޑިޝަން ވެސް ދީފަ އެވެ. ނަމަވެސް އޭނާއަށް ފުރުސަތެއް ލިބިފައެއް ނުވެ އެވެ. އިންޑިއާގެ ހަބަރުތަކުން ބުނާ ގޮތުގައި ޖޯޖިއަ ދެން ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނެ އެވެ.