ads
ފޯނު ސުކުރޯލްކުރުމުން ހަނދާނަށާއި ނިދުމަށް ބޮޑެތި ގެއްލުންތަކެއް
ސަމާލުވޭ: ހުއްޓުމެއްނެތި ފޯނު ސުކުރޯލްކުރުމުން ހަނދާނަށާއި ނިދުމަށް ބޮޑެތި ގެއްލުންވޭ!
ސްމާޓްފޯނުތަކުގެ ސްކްރީން ހުއްޓުމެއް ނެތި ސުކުރޯލްކުރުމަކީ އިންސާނާގެ ހަނދާނަށާއި ނިދުމުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައިފި އެވެ.
Advertisement

"އެކްޓާ ސައިކޮލޮޖިކާ" ސައިންޓިފިކް ޖަރީދާގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ މަޝްހޫރު ސެމެލްވެއިސް ޔުނިވަސިޓީގެ މުހައްގިގުންނެވެ.

މި ދިރާސާއިން ހާމަވާ ގޮތުގައި، ހުއްޓުމެއްނެތި ފޯނު ސުކުރޯލްކުރުމުގެ އާދަ މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކަންކަމުން މަހްރޫމްވެދާނެތީ ގަންނާ ބިރާއި (ފިއާ އޮފް މިސިންގް އައުޓް / ފޯމޯ) އަދި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ގާބިލުކަން ދަށްވުމާއެކުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ކޮންޓްރޯލް ކުޑަވުމާއި ފޯމޯގެ ސަބަބުން މީހުން ހުއްޓުމެއް ނެތި ފޯނުގެ ސްކްރީނަށް ބެލުމުގެ އާދަ އަށަގަނެ އެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ގިނައިން ފޯނު ސުކުރޯލްކުރުމާ ސީދާ ގުޅިފައިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަނދާން ބަލިކަށިވުމާއި، ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަން ކުޑަވުން ހިމެނެ އެވެ. މީގެ އިތުރުން، މި އާދައިގެ ސަބަބުން އިންސާނާގެ ގުދުރަތީ ނިދުމުގެ ދައުރަށް ބުރޫއަރައި، ނިދުމުގެ ނިޒާމު އެކީގައި ގަޑުބަޑުވެގެންދާކަންވެސް މުހައްގިގުން ވަނީ ފާހަގަކުރައްވާފަ އެވެ.

ނަފްސާނީ އަދި ސިކުނޑީގެ މައްސަލަތަކުގެ އިތުރުން، ގިނަ ވަގުތު ފޯނު ސުކުރޯލްކުރުމުގެ ސަބަބުން ހަށިގަނޑު ބަހައްޓާ ބައްޓަމަށް ނުވަތަ ޕޮސްޗަރއަށް ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުކުރެއެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގެ ހަމަހަމަކަން ނުވަތަ ބެލެންސް ހިފެހެއްޓުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ސެމެލްވެއިސް ޔުނިވަސިޓީގެ ދިރާސާވެރިން ވަނީ ހާމަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް