ads
އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ/ ރައީސް އޮފީސް
އޮންލައިންކޮށް ވިޔަފާރި ކުރަން ދެން ދައްޗެއް ނުވާނެ: ސައީދު
އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށާއި އެ ދަތިތައް ދެން ދިމާ ނުވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ޑޮލަރުގެ މައްސަލަޔާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އައި ހީނަރުކަން ވަރަށް ރަނގަޅަށް މެނޭޖްކޮށްފައިވާ ކަމަށެވެ. އެގެންވެ ޑޮލަރުގެ ތާށިކަމާ ގުޅިގެން އޮންލައިންކޮށް ން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ހޯދައި މައްސަލަ ހައްލު ށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު އެބޭފުޅުން ޓީޓީ ހަދާ ދިނުމުގައި ވެސް ބޭރުފައިސާ ދޫކުރުމުގައި ވެސް ހާލަތު ބަދަލުވެ ކުރީގެ ހާލަތަށް ރުޖޫއަ ވާން އެ ދަނީ މަސައްކަތް ކުރަމުން ވަރަށް ބާރަށް، އެ ހާލަތު އެ ދަނީ ބަދަލުވަމުން." ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް މިފަދަ ބޭރު ފައިސާގެ ތާށިކަމެއް ކުރިމަތިވާން މެދުވެރިވި ސަބަބު ބަޔާންކޮށްދެއްވަމުން ސައީދު ވިދާޅުވީ، މިއީ ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދައްކަން ޖެހުމުން ދިމާވި ހާލަތެއް ކަމަށެވެ. 

މީގެ އިތުރުން، އެ ދަރަނީގެ ބޮޑު ބަޔަކީ ގައުމުގެ އިގްތިސާދަށް އެއްވެސް ކުރިއެރުމެއް ނުލިބޭ، އަދި އާމްދަނީ އުފެއްދުމުގެ ގާބިލުކަން ނެތް ކަންކަމަށް ނަގާފައިވާ ލޯނުތަކަކަށް ވުމުން، ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް ހަފުތާއެއްގެ ތެރޭގައި ހައްލުވާނެ ކަމަށް ބީއެމްއެލް އިން ބުނީ ނިމުނު މަހު ގަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެ ހާލަތު ބަދަލު ނުވާ ކަމަށް ވިޔަފާރިތަކުން އަންނަނީ ބުނަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް