އެ ކޮމިޝަނުން ބުނީ ސެކެރެޓަރީ ޖެނަރަލުން ހޯދަން ބޭނުންވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަށައި ތިނަދޫ ސިޓީ ކައުންސިލްގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލަށް ކަމަށެވެ.
މި މަގާމަށް ހޮވޭ ފަަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 23,935 ރުފިޔާ ލިބޭނެ އެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 23,065 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ސިވިލް ސާވިސް އިން ބުނެ އެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންވެސް ލިބޭނެކަމަށް ސީއެސްސީން ބުނެ އެވެ. އެހެންނަމަވެސް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލް އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސްމަޤާމަށް ވާތީ އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނޭކަމަށްވެސް ސިވިލް ސާވިސް އިން ބުނެ އެވެ.
މި މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށް ސީއެސްސީން ބުނެ އެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތަކި ސަރުކާރުގައ،ި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައ،ި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ މުއްދަތުގެ ތެރެއިން މަދުވެގެން 5 އަހަރު ދުވަހު ހިންގުމުގެ ދާއިރާ އެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާންޖެހޭނެކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ދަންވަރު 12 ގެ ކުރިން އެޕްލިކޭޝަން ހުށައަޅަން ޖެހޭނެކަަމށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ. އަދި އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ [email protected] އީމެއިލް މެދުވެރިކޮށްކަަމަށައި ނޫން ގޮތަކަށް ހުށަހަޅާ އެޕްލިކޭޝަނާއި ލިޔުންތައް ބަލައި ނުގަންނާނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.