ads
ފޮއްޓެއް އަރުވައިގެން ނައްޓާލިތަނުން ކޮންޓްރޯލް ނުވެ ދެ މީހުންނާއި އެކު ސައިކަލް މޫދަށް ވެއްޓެނީ.
ފޮއްޓެއް އަރުވައިގެން ނައްޓާލިތަނުން ކޮންޓްރޯލް ގެއްލި ސައިކަލާއިއެކު ދެމީހުން މޫދަށް
ފޮއްޓެއް އަރުވައިގެން ނައްޓާލިތަނުން ކޮންޓްރޯލް ގެއްލި ސައިކަލާއިއެކު ދެމީހަކު މޫދަށް ވެއްޓިއްޖެ އެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާ ހިނގައިފައިވަނީ އިއްޔެ ހަވީރު ގދ ތިނަދޫ ބަނދަރުމަތީގައި ހުންނަ ޑީއެމްއެން ކެފޭ ކުރިމަތިން ކަމަށެވެ.

ދެމީހުން އަރާތިބި ސައިކަލް މޫދަށް ވެއްޓުނީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުލެނިކޮށް ކޮންޓްރޯލް ނުވެގެންކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާގައި އެ ދެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފަ އެއް ނުވެއެވެ. 

ރަށު މީހުންނާއި ފުލުހުން ކުރި މަސައްކަތުން އެކްސިޑެންޓްވިތާ ގާތްގަޑަކަށް 20 މިނެޓް ތެެރޭ ސައިކަލްވެސް ވަނީ މޫދުން ނަގާފައެވެ. 

your imageމޫދަށް ވެއްޓުނު ސައިކަލް ރަށު ރައްޔިތުން ވެގެން ނަގަނީ

މި ހާދިސާ ހިންގި މަންޒަރު ގެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ދެ މީހުންް ސައިކަލް ގައި ނައްޓާލިތަނާ ސައިކަލާއި އެކު ވިއްސައިގެން ގޮސް މޫދަށް ވެއްޓޭތަން ފެނެއެވެ. 

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެން އަދި އުޅަނދު ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް