މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރާޝިދު ކިޔާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވަނީ މިނާ ހިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނީ މީނާ ޑޮލަރު ހޯދަދޭނެކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ނުދީ ވާކަަމަށެވެ. އަދި އެކަމުގެ ސަބަބުން މިނާއަށް އެކިވަރުގެ އަނިޔާކޮށްފައިވާކަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މިހާގެ ފުރާނައަށްވެސް ނުރައްކާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މި މީހާ ކޯޓުގައި ވާހަކަ ދައްކަމުން ބުނީ ޑޮލަރު ދޭނެކަމަށް ބުނެ ފައިސާ ހޯދިކަމަށް ދައްކާ ވާހަކަތަކާއި އޭނާއާ އެއްވެސް ގުޅުމެއް ނުވާކަމަށެވެ.
މި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.