ads
މަޖީދީމަގާއި ސޯސަންމަގުގައި ޕާކުކުރުން މަނާ، އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަނީ
މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަން އިއުލާންކޮށް ޕާކުކުރުން މަނާ މަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާން ފަށާނެކަަމަށެވެ. 

އެގޮތުން ގަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ފިޔަވަޅު އަޅާނެ މަގުތަކާއި ސަރަހައްދުތަކެެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މާލޭގެ މަޖީދީމަގާއި، އަމީނީމަގާއި ސޯސަންމަގުގެ އިތުރުން ބޭރު ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. މި މަގުތަކަކީވެސް މިހާރުވެސް މަގު ދެ ފަރާތުގައި ވެހިކަލްތައް ޕާކުކުރަމުން އަންނަ މަގުތަކެވެ. 

މާލޭގެ ބައެއް މަގުތަކުގެ އިތުރުން ހުުމާލޭ ފޭސް އެކެއް އަދި ދޭއްގެ ބައެއް މަގުތަކެއްގަައިވެސް ޕާކުރުން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ފިޔަވަޅު އަޅާނެކަަމަށް ޓްރާންސްޕޯޓުން ބުނެ އެވެ. އަދި ހުޅޫމާލޭ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގުގައިވެސް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ގަވައިދާ ހިލާފުވާ ފަރާތްތަަކަށް އެކަމާއި ގުޅޭ އެންގުންތައް އަންގަމުން ދާނީ އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް މިނިސްޓްރީގެ ސިމްސް (SIMS) ޕޯޓަލް އިން އަޕްޑޭޓް ކުރުމަށް ވަނީ އަންގާފައެވެ. އަދި އެކަން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ކޮށް ނިންމުމަށްވެސް މިނިސްޓްރީން ވަނީ އާއްމުކޮށް އަންގާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް