ads
ނަޒީމް
އާރުޑީސީން ނަޒީމް ވަކިކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށްފި އެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ނަޒީމުގެ ބަދަލުގައި އާރުޑީސީ ހިންގުން ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއާ ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ. ސައުދީ އަކީ މިވަގުތު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ.

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ނަޒީމް ވަކިކޮށްފައިވާއިރު، އެ ކުންފުނި އުވާލައި ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިގޮތުން ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް