ads
ލިވަޕޫލްގެ މޯ ސަލާހް
ރިއަލް މެޑްރިޑްގެ ހުށަހެޅުމަކަށް ސަލާހް ނޫނެކޭ ބުނި
ރިއާލް މެޑްރިޑުން، ލިވަޕޫލްގެ މުހައްމަދު ސަލާހު ގަންނަން ހުށަހެޅި ހުށަހެޅުމަކަށް އޭނާ ފުރަގަސްދިން ކަމަށް މިސްރުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުނެފިއެވެ.

ސަލާހު ހޯދަން މި ހުށަހެޅުން އައިސްފައިވަނީ ދެހާސް އަށާރަވަނަ އަހަރުއެވެ. 

މިސްރުގެ ކުރީގެ އެސިސްޓެންޓް ކޯޗު ހާނީ ރަމްޒީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެހާސް އަށާރަވަނަ އަހަރު ރިއަލް މެޑްރިޑުން ސަލާހު ހޯދަން ހުށަހެޅިކަން، ސަލާހްވަނީ އޭނާއާއި ހިއްސާކޮށްފައެވެ. އެހެންނަމަވެސް ސަލާހް ލިވަޕޫލް ދޫކޮށްލާފައި ދާން ބޭނުންނުވީ ކަމަށް އޭނާ ބުންޏެވެ.

"ސްވިޓްޒަލަންޑުގައި މިސްރު ޓީމުން ފުރިހަމަ ކުރި ކޭމްޕެއްގެ ތެރޭގައި ސަލާހް އަހަރެންގެ ގާތުގައި ބުނި ރިއަލް މެޑްރިޑުން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުން ވާހަކަ. އެހެންނަމަވެސް ލިވަޕޫލުގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމުގައިވާތީ ދާން ބޭނުންނުވީއޭ ސަލާހް ބުނީ. އެއީ ދެހާސް އަށާރަވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން،"

ރިއާލްއިން ސަލާހް ހޯދަށް ހުށަހެޅި ކަމަށް ރަމްޒީ ބުނާ ތާރީޚުގެ ކުޑަ ދުވަސްކޮޅެއް ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރިއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި އެވެ. މި މެޗުގެ ކުރީކޮޅު ރިއަލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ފައުލަކުން ސަލާހްގެ ކޮނޑަށް ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެންވަނީ ބަދަލުކޮށްފައެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ތިން ލަނޑު އެއް ލަނޑުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރިއަލް މެޑްރިޑުންނެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު، ސަލާހްވަނީ ލިވަޕޫލާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް