މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށެވެ.
އެ އޮފީހުން އެ ސަރަހައްދުގެ ރަށްތަކަށް އެލާޓް ނެރެފައިވަނީ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އާ ހަމައެެވެ. އެގޮތުން އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރައްހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ އަންނަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވިއްސާރަ ކުރާނެކަަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް އެ އިދާރާއިން ބުނެ އެވެ. ވިއްސާރަވި ނަމަވެސް ވައިގަދަ ނުވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވި ނަމަވެސް އާއްމުކޮށް ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ.