މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ ކިތައް ރަށެއްގައި މިވަގުތު އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދޭތޯއާއ،ި އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެނީ ކިހާ ފައިސާ އެއްތޯ އޮޅުންފިލުވުމަށް އެދި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އެ ސުވާލަަށް ލިޔުމުން މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުގައި ފަސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހުރިހާ އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ލ. އިސްދޫކަޅައިދޫ ގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް އަދި ފެށިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ މަޝްރޫއު ހިންގަން ބޭނުންވާ 600 މިލިއަން ރުފިޔާ މިހާރު ބަޖެޓުން ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރާނެކަަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިއުލާންކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރާ ރަށަކީ އިސްދޫ ކަލައިދޫކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ޖޫންމަހުގެ 25 ވަނަ ދުވަހު އެވެ. އެ ނިންމުމާއި އެކު އެ އަތޮޅު މާވަށުގެ ވަނީ އިހްތިޖާޖުކޮށްފަ އެވެ.