ads
ޓެރފިކް ފުލުުހުން މާލޭގެ މަގުމަތި ބަލަހައްޓަނީ
މިއަދުން ފެށިގެން މަޖީދީމަގު، ސޯސަންމަގު އަމީނީމަގުގައި ޕާކުކުރުން މަނާ، ފިޔަވަޅު އަޅާނެ
މިއަދުން ފެށިގެން މަޖީދީމަގު، ސޯސަންމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނު މަގު ގަވައިދާ ހިލާފަށް ޕާކުރުން މަނާ ފިޔަވަޅު އަޅަން ފަށާނެކަަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
Advertisement

މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަން އިއުލާންކޮށް ޕާކުކުރުން މަނާ މަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް އިއުލާންކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 

އެ އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އެ އިއުލާން ނެރުނުތާ 7 ދުވަސް ފަހުން ފިޔަވަޅު އަޅަން ފަށާނެކަމަށެވެ. އެގޮތުން މިނިސްޓްރީން ދިން 7 ދުވަސް އިއްޔެއަށް ވަނީ ހަމަވެފަ އެވެ. 

އެގޮތުން ގަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ފިޔަވަޅު އަޅާނެ މަގުތަކާއި ސަރަހައްދުތަކެެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މާލޭގެ މަޖީދީމަގާއި، އަމީނީމަގާއި ސޯސަންމަގުގެ އިތުރުން ބޭރު ބޮޑުތަކުރުފާނު މަގުގައި އަމީނީމަގުގައ ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. މި މަގުތަކަކީވެސް މިހާރުވެސް މަގު ދެ ފަރާތުގައި ވެހިކަލްތައް ޕާކުކުރަމުން އަންނަ މަގުތަކެވެ. 

މާލޭގެ ބައެއް މަގުތަކުގެ އިތުރުން ހުުމާލޭ ފޭސް އެކެއް އަދި ދޭއްގެ ބައެއް މަގުތަކެއްގަައިވެސް ޕާކުރުން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ފިޔަވަޅު އަޅާނެކަަމަށް ޓްރާންސްޕޯޓުން ބުނެ އެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގުގައިވެސް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ގަވައިދާ ހިލާފުވާ ފަރާތްތަަކަށް އެކަމާއި ގުޅޭ އެންގުންތައް އަންގަމުން ދާނީ އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް މިނިސްޓްރީގެ ސިމްސް (SIMS) ޕޯޓަލް އިން އަޕްޑޭޓް ކުރުމަށް ވަނީ އަންގާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް