ads
ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ކުވޭތު ފަންޑާ އެކު 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ފިނޭންސް މިނިސްޓަރު ޒަރީރު ސޮއިކުރައްވަނީ: އެ މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލަކަށް އެތަން ތަރައްގީ ކުރާނެ - ފޮޓޯ/ފިނޭންސް މިނިސްޓްރީ
ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ކުވެއިތު ފަންޑާއެކު 9.7 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް
ތ. ވޭމަންޑޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓާ އެކު 9.7 މިލިއަން ޑޮލަރު (3 މިލިއަން ކުވެއިތީ ދީނާރު ނުވަތަ 149.9 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުވައިތު ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ކުވޭތު ފަންޑުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 15 ވަނަ އެ ލޯނަކީ ސިއްހީ ދާއިރާއަށް ކޮށްފައިވާ ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ. 

ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކުވެއިތު ފަންޑުން ވަނީ، އަންނަ އަހަރުން ފެށިގެން އެ ފަންޑުން ރާއްޖެއަށް ދޭ ލޯނު އެހީގެ އަދަދު 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން:

  • މިއީ ޗައިނާ އިސްވެ އުފެއްދި އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ)ގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާ ކަމަށް އެ ފަންޑުން ބުނި

  • ކުވެއިތު ފަންޑުން ވަނީ ތިލަފުށި ބަނދަރު މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި

  • ރާއްޖެ އާއި ކުވެއިތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަން ބޭނުންވާކަން ވެސް ހާމަކޮށްފައިވޭ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަލަށް ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލްގެ ކަންކަން ފުރިހަމަވުމާ ހަމައަށް ވެސް ކޮށްދެވޭނެ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ބޭނުންފުޅު ވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ "އަޅުވެތިކަން" ނިމުމަކަށް ގެނެސް، ރަށުން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް