ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދަނީ 35,000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22,000 ކިއުބިކް މީޓަރުގެ އޮރޭންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.
ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.