ads
މެޓްގެ ވަރުގަދަ އިންޒާރެއް، ރާއްޖެ މަތީ ކޮޅިގަނޑުތަކެއް، މި 3 ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެ
މިއަދުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެތީ ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުންކަމަށެވެ. އެކަމުގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކެމަަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ. 

އަދި މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ. 

" ވީމާ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށައި މޫސުމަށް ސަމާލުވުމަށް ދަންނަވަން.' މެޓް އޮފީހުން ނެރުނު ސަމާލުގައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ ވެރިރަށް މާލެއަށް ހުއްޓާ ނުލާ 3 ވަރަކަށް ގަޑިރުވާރޭ ވެހި މުޅު މާލެގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ނަޖިސް ލީކުވުމުގެ މައްސަލައެއް ގެއަކުން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. މީގެއިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައިވެސް ފެން ބޮޑުވެ ގެތަކަށް ފެން ވަދެފައިވާކަަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް