ads
ރައީސް މުއިއްޒާއި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ރޭގައި ބައްދަލުކުރައްވަނީ.
ރައީސް މުއިއްޒު، ޕާކިސްތާނުގެ ރައީސް ޒަރްދާއީއާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސް ޒަރްދާރީގެ ރަސްމީ ގަނޑުވަރު އައިވާން-އީ-ސަދްރުގައި ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.  

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ރާއްޖެ އާއި ޕާކިސްތާނާ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް ބައްލަވައިލެއްވި އެވެ. 

ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ޕާކިސްތާންގެ ރައީސް ޒަރްދާރީގެ އަނބިކަނބަލުން އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ރޭގައި ވަނީ ފަރިއްކޮޅެއް ވެސް ބާއްވަވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އާ ކުރައްވަމުންނެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް