ads
ވިލިމާލެ ހޮސްޕިޓަލް. ފޮޓޯ: މާޕިއޯ.ނެޓް
ވިލިމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް އަމާން ހިޔާ އިމާރާތަށް ވަގުތީ ގޮތުން ބަދަލުކޮށްފި
ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް، މީގެ ކުރިން ކުޑަކުދިންގެ ހިޔާ ނުވަތަ 'އަމާން ހިޔާ' ހިންގި އިމާރާތަށް ބަދަލުކޮށްފި އެވެ.
Advertisement

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެފައިވަނީ، ހިދުމަތްތައް ބަދަލުކުރުމުގެ ކުރިން އަމާން ހިޔާ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އައު އިމާރާތަށް ބަދަލުވި ނަމަވެސް، ކުރިން ވިލިމާލޭ ހޮސްޕިޓަލުން ލިބެމުންދިޔަ ހުރިހާ ހިދުމަތެއް މެދުކެނޑުމެއްނެތި އެ ތަނުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.

ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމި، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި މީހުން އާބާދުވާން ފެށުމުން އެ ސަރަޙައްދުގެ އާބާދީއަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުންނެވެ. މިހާރު ހުރި ވިލިމާލޭ ހޮސްޕިޓަލުގެ ޖާގަ ކުޑަވެ، އިތުރަށް ތަރައްގީކުރެވެން ނެތުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޓާޝަރީ ފެންވަރުގެ އައު ހޮސްޕިޓަލެއް އެ ބިމުގައި އެޅުމަށް ވަނީ ނިންމާފަ އެވެ.

އާ ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމުކޮށްފައި ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުއްތަލިބު އޭރު ވަނީ ދެއްވާފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ސޮއިކުރީ ނިމުނު އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް