ads
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން
ޑްރަގާއިއެކު ހައްޔަރުކުރި ފިލްމީ ތަރިން ދޫކޮށްލައިފި، މައްސަލަ ޕީޖީއަށް
ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި ޑްރަގާއި އެކު ހައްޔަރުކުރި ފިލްމީ ތަރިން ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

މިމަހުގެ 9 ވަނަ ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރީ އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) އެވެ. މި ތިން ފިލްމީ ތަރިންގެ އިތުރުން އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް ހައްޔަރުކުރި އެވެ.  ކޯޓުން މި އެންމެންގެ ބަންދަށްވެސް 15 ދުވަސް ޖެހި އެވެ. 

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ދެން ހުރި މީހާ ވެސް މިއަދުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުނެ އެވެ. 

މީޑިއާތަކަށް ފޮނުވި މެސެޖުގއި ފުލުހުން ބުނީ ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ކުރިއަށްދާ އިރު އެ މީހުން އިތުރަށް ހައްޔަރުގައި ބަަހައްޓަން އަމުރުކޮށްފި ނަމަ، އެ ގޮތަށް އަމަލުކުރާނެކަމަށެވެ. 

މި މީހުންގެ ބަންދުގެ މުއްދަތު ޖަހާ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހަތަރު މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރި ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ބުނެ ފައެވެ. އަދި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ. 

މީގެއިތުރުން ހަތަރު މީހުންގެ ތެރެއިން އަޒްމީލް އާއި ވިޝާލް (ރޯމަން) އަދި ޝާހިލްގެ ބަންދު ރެކޯޑެއް އޮތްކަން ކޯޓު އަމުރުތަކުން އެނގެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް