އެމްއެންޑީއެފް ބުނީ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 08:00 އެހާކަންހާއިރު ކަމަށެވެ. އަދި ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަކަމސް އެމްއެންޑީއެފުން ބުނެ އެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް /ގަ ރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައިކަމަށެވެ. އައދި އެ ސަރަޙައްދުގެ ގެތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔާ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުންކަމަށާއި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔާ ޓީމު މިހާރު ދަނީ އެރަށަށް ދަތުރުކުރަމުންކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.