ads
އަންހެނުންގެ ހިތުގެ ދުޅަހެޔޮކަމަށް ބައިނަލްއަގުވާމީ އާ އިރުޝާދުތަކެއް ނެރެފި
އަންހެނުންގެ ހިތުގެ ދުޅަހެޔޮކަމަށް ބައިނަލްއަގުވާމީ އާ އިރުޝާދުތަކެއް ނެރެފި
އަންހެނުންގެ ހިތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ޢަމަލުކުރާނެ އާ އިރުޝާދުތަކެއް، ސިއްޙީ ދާއިރާގެ ބައިނަލްއަޤްވާމީ ބޮޑު ހަތަރު ޖަމްޢިއްޔާއަކުން ގުޅިގެން ނެރެފި އެވެ.
Advertisement

އެމެރިކަން ހާޓް އެސޯސިއޭޝަން އިސްކޮށް އޮވެ ތައްޔާރުކުރި މި އުސޫލުތަކަކީ އަންހެނުންގެ ހިތުގެ ސިއްހަތަށް ހާއްސަ ކޮށްގެން އެކުލަވާލި ތާރީހީ މުހިންމު އިރުޝާދުތަކެކެވެ.

މި އިރުޝާދުތަކުގެ ދަށުން 'ފީމޭލް ލައިފް ސްޓޭޖް' ނުވަތަ އަންހެނުންގެ އުމުރުގެ މަރުޙަލާތަކަށް އަމާޒުކޮށްގެން ހާއްސަ ފްރޭމްވޯކެއް ވަނީ ތައާރަފުކޮށްފަ އެވެ. މި ފްރޭމްވޯކުގެ މައިގަނޑު ބޭނުމަކީ އަންހެނުންގެ އުމުރުގެ ތަފާތު މަރުހަލާތަކުގައި ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، މުޅި އުމުރަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ގޮތް ސާފުކޮށްދިނުމެވެ.

އެގޮތުން އަންހެނުން ބާލިޣުވާ މަރުޙަލާއާއި، ބަލިވެއިންނަ ދުވަސްވަރާއި، އަދި އިއްދައިން ކެނޑޭ މަރުޙަލާގައި ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ ހިތާއި ލޭހުންނަ ނާރުތަކުގެ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާ ކަންކަން ކަމުގައި މި އިރުޝާދުތަކުގައި ފާހަގަކޮށްފައިވެ އެވެ. މިއީ މުޅި އުމުރުގައިވެސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތަށް ސީދާ ނުފޫޒު ފޯރުވާ ކަންކަމެވެ.

މި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ގުޅިގެން ނެރުނު އިރުޝާދުތަކުގެ ސަބަބުން، އަންހެނުންގެ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން އަމަލުކުރަންވީ ގޮތުގެ އާ މަގުޗާޓެއް ވަނީ އެކުލަވާލެވިފަ އެވެ. މިއީ އަންހެނުންގެ މުޅި ހަޔާތުގައި ހިތުގެ ސިއްޙަތަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ފަރުވާ އާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް މަގުފަހިވެގެންދާނެ މުހިންމު ނިންމުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް